ގުޅިފަޅު ކައިރިގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާން ރޯވި 'އޮޒޮން' ބޯޓު
ކ. ގުޅިފަޅު ކައިރީގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:30 ހާއިރެވެ. އަލިފާން ރޯވެފައި ވަނީ 'އޮޒޮން' ނަމަކަށް ކިޔާ ނޫކުލައިގެ ބޯޓެއްގައެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް މެރިން ޕޮލިސްގެ ފަރާތުން ވިދާޅުވީ އަލިފާންގަނޑު އެފްއެސްއެމްގެ އުޅަނދެއްގެ އެހީތެރިކަމާއެކު ނިއްވާލެވިފައިވާކަމަށެވެ.
އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް