Post banner
ރާއްޖެ

ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާޙެއް ހުށައަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާޙެއް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ކައުންސިލްތަކުގެ އިޙްތިސާސްތަކުގެ ދަށުގައި އޮންނަ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އަތުލެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާޙެއް ހުށައަޅައިފިއެވެ.

މި އިސްލާޙް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އޭނާއަކީ، ކުރިންވެސް ސަރުކާރުން ބޭނުންވާ މިފަދަ އިސްލާޙްތައް ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނަވައި ހުށައަޅުއްވައި ދެއްވާފައިވާ މެމްބަރެކެވެ.

މަޖިލީހަށް ހުށައަޅާފައިވާ މިއިސްލާޙްގައި ބުނެފައި ވަނީ، ސަރުކާރުން ބޭނުންވާ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް ބިމެއް ބޭނުންވެއްޖެ ހާލަތެއްގައި، ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ކައުންސިލްގެ ކިބައިން ވަކިވީ ކަމަށެވެ.

މީގެ އިތުރުން، ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ މަޝްރޫއަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ކައުންސިލްތަކުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް އަތުލެވޭ ގޮތަށް، ޤާނޫނަށް އިސްލާޙް ހުށައަޅާފައި މިވަނީ، އަތޮޅުތަކާއި މާލޭގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުން ހުރަސް އަޅާކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ. މިގޮތުން މާލޭގެ މާރުކޭޓު ތަރައްޤީކުރުމުގެ މައްސަލައިގައި ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި ދެމެދު ވަނީ ބަހުގެ ހަމަލާތައްވެސް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް