ވިކުރާ

އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފި

އިންޑިއާގެ ގައުމީ އެއަރލައިން، އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އެމްއޭސީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި އެއާ އިންޑިއާ އަކީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއަރލައިނެވެ.

މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއަރ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓަރ ސަލިއުޓެއް އަރުވައި ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ފްލައިޓުން މިއަދު ޖުމްލަ 139 ފަސިންޖަރުން ރާއްޖެ އައިސްފައި ވެއެވެ. މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒް ހަދިޔާކޮށްފައިވާ ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

މިއީ އެއަރ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވެފައި ވެއެވެ.

އެއަރ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް