Post banner
ރާއްޖެ

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ---

ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވައިފިއެވެ.

މަހުދީގެ ޖަނާޒާގައި މޫނު ދެއްކުން ކުރިޔަސް ދިޔައީ މިރޭގެ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. މަޙްދީގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ މިރޭގެ 22:00ގައި މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ. ކަށު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސިފައިންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނާއި އާއްމުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ހަށިގަނޑު އާސަހަރާގައި ވަޅުލާފައި ވަނީ މިރޭގެ 11:30 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް