ޚާމަނާއީ ޝަހީދުކޮށްލުން ރައީސް މައުމޫން ކުއްވެރި ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޫހީ ލީޑަރު އާޔަތުއްﷲ ޢަލީ ޚާމަނާއީ ---
އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި، އީރާންގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލާފައިވާތީ، އެކަން ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ކުއްވެރި ކުރައްވައިފިއެވެ.
އެ އަނިޔާވެރި އަދި ހައްދުފަހަނަ އަޅާފައިވާ އެމެރިކާ އާއި އިޒްރޭލުގެ ޢަމަލު ކުއްވެރި ކުރައްވައި، ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އިނގިރޭސި ބަހުން ޕޯސްޓެއް ކުރައްވާފައެވެ. ރައީސް މައުމޫނުގެ ޕޯސްޓުގައި ވަނީ، ޚާމަނާއީގެ ފުރާނަފުޅަށް ރަޙްމަތްލެއްވުމަށާއި، އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި އީރާންގެ ރައްޔިތުންނަށް ގަދަކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.
އިޒްރާއީލާއި އެމެރިކާއިން އިއްޔެ އީރާނަށް ދިން ކުއްލި ހަމަލާގައި، އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލީ ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ވައިގެ ހަމަލާގައެވެ.
އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ، އުފަންވެވަޑައިގެންނެވީ 19 އޭޕްރީލް 1939ގައި އީރާންގެ ޚުރާސާންގެ މަޝްހަދުގައެވެ.
އީރާންގެ ރޫޙީ ލީޑަރުގެ މަޤާމަށް ޚާމަނާއީ ޢައްޔަނު ކުރެއްވުނީ، 4 ޖޫން 1989ގައި، އީރާނުގެ ދީނީ އިންޤިލާބީ ލީޑަރު، އަދި އީރާނުގެ ފުރަތަމަ ރޫޙީ ލީޑަރު، އާޔަތުﷲ ރޫޙުﷲ ޚުމައިނީ 3 ޖޫން 1989ގައި އަވަހާރަވުމުންނެވެ.
ޚާމަނާއީއަކީ، އީރާންގެ 3 ވަނަ ރައީސްވެސްމެއެވެ. 1981 އިން 1989އަށް އީރާންގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައި ވަނީވެސް ޚާމަނާއީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް