ސަބަބެއް ނާންގައި ފެނަކަ އެމްޑީ ނަޖާޙް ވަކިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފެނަކަ އެމްޑީ ނަޖަޙް
ފެނަކަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި ނަޖާޙް މަޤާމުން ވަކިކޮށްފިއެވެ.
ޕީސީބީން ސޯޝަލްމީޑިިއާގައި ކުރި ޕޯސްޓުގައި ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ. އެހެންނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސިބީންވެސް އަދި ސަރުކާރުންވެސް ހާމަކުރައްވަފައެއް ނުވެއެވެ.
ފެނަަކަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމަށް ނަޖަޙް ހަމަޖެއްސެވީ އެމަޤާމުގައި އޭގެ ކުރިން ހުންނެވި މުޢާޒު މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ނަޖާޙް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މަޤާމުން ވަކިކުރި ސަބަބެއް އަންގާފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް