ރާއްޖެ

ޓީވީ ބިލްޑިންގއަށް ވަދެ އެމްޑީގެ އިސްތިއުފާއަށް ގޮވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޓީވީ ބިލްޑިންގއަށް ވަދެ އެމްޑީގެ އިސްތިއުފާއަށް ގޮވައިފި

އެމްޑީޕީގެ ބައެއް މެމްބަރުން ޓީވީ ބިލްޑިންގ ގެ ރިސެޕްޝަންގެ ތެރޭގައި ---

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކަލުމާއި ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން، ސަރުކާރަށް ކެމްޕޭން ކޮށްދޭތީ އިދިކޮޅު ޕާޓީ އެމްޑީޕީން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާއި އެކު އެޕާޓީގެ މެމްބަރުން ވަނީ، މިއަދު ޓީޥީބިލްޑިންގއަށް ވަދެފައެވެ.

އެމްޑީޕީގެ ޗެއާޕަރސަން ޢަބްދުލް ޣަފޫރު މޫސާ އާއި އެކު އެޕާޓީގެ އިސްބޭފުޅުން މިއަދު ޕީއެސްއެމްގެ ޓީވީ ބިލްޑިންގއަށް ގޮސްފައި ވަނީ، އެކުންފުނީގެ އިސްވެރިންނާއި ބައްދަލު ކުރުމަށެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮލުމާއި ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި، އިދިކޮޅު ޕާޓީ އެމްޑީޕީން ކެމްޕޭން ކުރަމުން އަންނަނީ، އެދެ އިންތިޚާބު އެކުގައި ބޭއްވުމަށް ނުފެންނަ ކަމަށެވެ.

އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކެމްޕޭން ކުރަމުން އަންނައިރު، ދެ އިންތިޚާބު ވަކިން ބާއްވަން ބޭނުންވާ ކަމަށް ބުނެ ކެމްޕޭން ކުރާ ފަރާތްތަކަށް ޕީއެސްއެމްއިން ފުރުޞަތެއް ނުދެއެވެ.

އިދިކޮޅު ޕާޓީ އެމްޑީޕީގެ އިސްބޭފުޅުން ޓީވީ ބިލްޑިންގއަށް ވަދެ ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަކީބުގެ އިސްތިއުފާއަށް ގޮވާފައި ވާއިރު، މިވަގުތު ޝަކީބު ހުންނެވީ ޢުމުރާގެ އަޅުކަމުގައި މައްކާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް