ރާއްޖެ

ރާއްޖެއަށް ސުނާމީ އެރި ބިންހެލުން އައި ސަރަހައްދަށް މިއަދު ބިންހެލުމެއް އަތުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެއަށް ސުނާމީ އެރި ބިންހެލުން އައި ސަރަހައްދަށް މިއަދު ބިންހެލުމެއް އަތުވެއްޖެ

މިބިންހެލުން އައިސްފައި ވަނީ، ޖީއެމްޓީގަޑިން މެންދަމު 2:40ގައެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:40 އެވެ. ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.2ގެ ބާރުމިނުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކުރައްވާފައިވެއެވެ.

އިންޑޮނީޝިއާގެ ސުމަތުރާގެ ހުޅަނގުން ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މިބިންހެލުން އައިސްފައި ވަނީ، ޖީއެމްޓީގަޑިން މެންދަމު 2:40ގައެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:40 އެވެ. ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.2ގެ ބާރުމިނުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކުރައްވާފައިވެއެވެ.

މިބިން ހެލުމުގެ މަރުކަޒު ހުރީ، އިންޑޮނީޝިއާގެ ހުޅަނގު، ހުޅަނގު ދެކުނުގައި ސިނަބަންގ އާއި 187 ކިލޯމީޓަރު ދުރުގައެވެ. ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. އެހެން ނަމަވެސް މިއަދު އައި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

މިއަދު ބިންހެލުން އައި މިސަރައްހައްދަކީ، 2004 ވަނަ އަހަރު އިންޑިއާގެ ކަނޑުގެ ޤައުމުތަކަށް ކުރިމަތިވި ގެއްލުން ބޮޑު ސުނާމީ އުފެދުނު ސަރަހައްދެވެ.

އެ ސަރަހައްދަށް ކުދި ކުދިން ބިންހެލުންތައް އަންނަމުން ދާއިރު، އަނެއްކާވެސް އެސަރަހައްދަށް ބާރުގަދަ ބޮޑު ބިންހެލުމެއް އައިސްދާނެ ކަމުގައި ޖިއޮލިޖިސްޓުން އަންނަނީ ލަފާކޮށް ދުރާލައި ތައްޔާރުވުމަށް އިންޒާރު ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް