ރާއްޖެ

ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ޚިދުމަތް ޖަމިއްޔާއިން ބަނގުލަދޭޝްގައި ބިނާކުރި މިސްކިތް --- ފޮޓޯ: ޚިދުމަތް ޖަމިއްޔާ

ޝައިޚް ފަރީދުގެ ހަނދާނުގައި ބަނގުލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވާފައިވަނީ ހުކުރު ދުވަހުގައެވެ. މިސްކިތް ހުޅުއްވައި ދެއްވީ، އަލްމަރްހޫމް އައްޝައިޚް އިބްރާހީމް ފަރީދުގެ ދެ ދަރިކަލުންނެވެ. އިއްޔެ ހުޅުވި އެ މިސްކިތަކީ 300 ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެކެވެ.
ޚިދުމަތް ޖަމިއްޔާ އިން އަންނަނީ ރާއްޖޭގައިވެސް ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އެ މިސްކިތްއެޅުމުގެ ޚަރަދަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް