އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުން މެދި ކަނޑާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންތިހާބެހޭ މަރުކަޒުގައި ތިބި މުވައްޒަފުން ބޭރުގައި -- ފޮޓޯ: ރައްޔިތުންގެ ނޫހުގެ ކިޔުންތެރިއެއް
އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިފި ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން ވިދާޅުވީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ކަމަށެވެ. އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމުގައިވެސް އެކޮމިޝަނުން ވިދާޅުވިއެވެ.
އަލިފާން ރޯވެފައި ވަނީ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ޕްރައިމް ގޯޑައުންގައެވެ. އެތަނުގައި ވަރަށް ގަދަޔަށް ރޯވެ އަނދަމުންދާއިރު، ޖެހިގެން ހުރި އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒުގެ އިމާރާތުންވެސް މިހާރު ވަނީ މީހުން ހުސްކޮށްފައި ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.
މިއީ މިއަދު މާލޭގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް