Post banner
ރާއްޖެ

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަން ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަން ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް --- ފޮޓޯ: މަޖިލިސް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ، ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލް މަޖިލީހަށް ބަލައިގަނެ އެބިލް ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލަކީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ. އޭނާ ހުށައަޅުއްވާފައި ވަނީ، (ޤާނޫނު ނަންބަރު 32/2015) ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ)ގެ (7) ހަތްވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އެއީ މިސްކިތްތަކަށް ގެއްލުން ދިނުން ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ހިމެނުމަށެވެ.

މިބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާޤުން ފާސްކުރީ ބިލް މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށެވެ. އެއާއެކު މިބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލަށް ބަހުސް ކުރެއްވި، ބޭފުޅުން ވަނީ އެބިލަކީ މުހިއްމު ބިލެއްކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް