Post banner
ރާއްޖެ

ނިމުނު ހަފްތާގައި 55 މީހުންނަށް ހިމަބިހި ޖެހިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނިމުނު ހަފްތާގައި 55 މީހުންނަށް ހިމަބިހި ޖެހިއްޖެ

ހުޅުމާލެ ހޮސްޕިޓަލް ---

މިދިޔަ ހަފްތާގައި، ހިމަބިހި ޖެހުނު 55 މީހުންނާއި އެކު، މިއަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 121އަށް އަރައިފިއެވެ.

މީގެ ތެރެއިން 99 މީހުންނަކީ، މިފާއިތުވި 2 ހަފްތާގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ.

އެޗްޕީއޭއިން އިއްޔެ ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފްތާގައި ހިމަބިހި ޖެހުނު 55 މީހުންނަކީވެސް، މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. ބަލި ބާރަށް ފެތުރެމުން ދަނީ، ރާއްޖޭގެ އަމިއްލަ ފަރާތަކުން ހިންގާ ހައިސްކޫލެއްގެ ކުދިންގެ މެދުގަޔާއި، ރާއްޖޭގައި ޔުނިވަރސިޓީއެއްގައި ކިޔަވާ ކުދިންގެ މެދުގައި ކަމަށް އެނގިފައިވެއެވެ.

ބަލިޖެހޭ އުމުރު ފުރާގައި ގިނައީ އުމުރުން 15 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

މާލެ ސަރަހައްދުަގައި ކޮންޓްރޯލްނުވެ ބަލި ފެތުރެމުންދާއިރު، ހިމަބިއްސަށް ވެކްސިން ޖަހަންވެސް މިހާރު ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުން 4 ތަނެއްގައި މިހާރު އަންނަނީ ހިމަބިހީގެ ވެކްސިން ޖަހަމުންނެވެ. އެއީ، އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ) އާއި، ސެނަހިޔާ، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލެވެ.

ރާއްޖެއަކީ، ހިމަ ބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއް ކަމުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ 2017 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް ހާލަތު ގޯސްވަމުން ދިޔުމާއެކު ހިމަބިހި ފެތުރޭ ޤައުމުތަކުގެ ލިސްޓުގައި ޑަބްލިޔުއެޗްއޯއިން ރާއްޖެ އަލުން ހިމަނާފާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް