ދުނިޔެ

ފޯޅަވައްސަށް އީރާނުން ހަމަލާދޭން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޯޅަވައްސަށް އީރާނުން ހަމަލާދޭން ފަށައިފި

ޑިއޭގޯ ގާސިއާ --

އިހު އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް، ފޯޅަވަހީގެ އެންމެ ބޮޑުރަށްކަމުގައިވާ ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދީފިއެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ވަނީ މެދުރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. އެހެން ނަމަވެސް ޢަރަބި ކަނޑުގެ މަތިން އެމެރިކާގެ ވައިގެ ދިފާޢީ ނިޒާމްތަކުން ވަނީ މި މިސައިލްތައް ހުއްޓުވައި ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

އީރާނުން ޑިއޭގޯ ގާސިއާއަށް ހަމަލާދޭން މިފެށީ، އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ފޯޅަވަހީގައި ހަދާފައިވާ އަސްކަރީ މަރުކަޒު އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުން ކުރުމަށް އިނގިރޭސި ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެންނެވެ.

އީރާނުން ފޯޅަވަހީގައިވާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ފޮނުވާލާ މިފަދަ މިސައިލްތައް ދަތުރުކުރާނީ، ރާއްޖޭގެ ހުޅަނގުދެކުނުގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމަށްވާތީ، ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެކަމުގެ ނުރައްކާތެރިކަމާއި ކަންބޮޑުވުންތައް ސޯޝަލްމީޑިއާގައި ޙިއްޞާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް