މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާގެ 20،000 ސިފައިން ގެންގޮސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމެރިކާގެ ސިފައިންގެ ބަޔަކާއި، ސެކްރެޓަރީ އޮފް ވޯރ ހެގްސެތް ސަލާމްކުރައްވަނީ -- ފޮޓޯ: ޔޫއެސް ޑިޕާޓްމަންޓް އޮފް ވޯރ
މެދު އިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 20000ވުރެ ގިނަ ސިފައިން އަނބުރާ އެމެރިކާއަށް ގެންގޮސްފިއެވެ.
ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގެންގޮސްފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ކުއްލިގޮތަށް އީރާނަށް ހަމަލާދީ ފެށި ހަނގުރާމައިގައި، އީރާނުން ދިން ރައްދު ހަމަލާތަކުގައި، މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ހަލާކުކޮށްލުމާއި ގުޅިގެންނެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ހާހަހަކަށްވުރެ ގިނަ މީހުން މަރުވި ކަމަށް އީރާނުން އަންދާޒާކުރި ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ މަރުވީ އެމެރިކާ ސިފައިންގެ ތިން މީހުން ކަމަށެވެ.
އީރާނުގެ ހަމަލާތަކުގައި، ބަހްރައިނާއި، ޤަޠަރާއި އޮމާނާއި އަދި ސަޢޫދީޢަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަނީ ހަމަލާދީފައެވެ. އަދި އިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް އިރާޤުގެ މުޖާހިދުންގެ ހަމަލާތަކުގައި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.
މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް އީރާނުން ހަމަލާދީ ހަލާކުކޮށްލުމުގެ އިތުރުން، ބަހްރައިނާއި ދުބާއީގައި އެމެރިކާގެ ސިފައިން ތިބޭ ހޮޓާތަކަށްވެސް ވަނީ ހަމަލާދީފައެވެ.
އީރާނުން ދިން ރައްދު ހަމަލާތަކުގައި އިޒްރޭލަށާއި އެމެރިކާއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް