އީރާނުގެ ސަރުކާރުގެ އިސްވެރިން ޝަހީދުކޮށްލުމަށް ނަތަންޔާހޫ އަންގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިޒްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު އާއްމުކުރި ފޮޓޯ: ---
އީރާނު ސަރުކާރުގެ ހުރިހާ އިސް އޮފިޝަލުން ޝަހީދުކޮށްލަން ނަތަންޔާހޫ އިޒްރާއީލްގެ އަސްކަރިއްޔާއަށް އަންގަވައިފިކަމަށް އިޒްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.
އިޒްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ހަމަލާއެއްގައި މަރާލާފައިވާ ކަމަށް، ވަރަށް ބޮޑަށް އަޑުތައް ފެތުރެމުން އަންނައިރު، މިއަދު ބޮޑު ވަޒީރުގެ އޮފީހުން ވަނީ، ނަތަންޔާހޫ، ފޯނުން ވާހަކަދައްކަން ހުންނަ ފޮޓޯއެއް އާއްމުކޮށްފައެވެ. އެކަމަކު އެ ފޮޓޯގައި ފެންނަ ބައްދަލުވުމާއި ގުޅޭ މައުލޫމާތެއް ބޮޑުވަޒީރުގެ އޮފީހުން ހާމަކުރައްވާފައެއް ނުވެެއެވެ. އަދި އެއީ ކޮން ދުވަހަކު ބޭއްވި ބައްދަލުވުމެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ނަތަންޔާހޫ މަރުވެފައި ނުވަތަ ރަސްމީ މަސައްކަތަށާއި އާއްމުންގެ ތެރެއަށް ނުކުމެ ނޫޅެވޭވަރަށް ޒަޚަމްވެފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަނީ، ނަތަންޔާހޫގެ ބައްދަލުވުންތަކާއި ދަތުރުތައް ކެންސަލްކޮށްފައި ވުމާއި، ހަނގުރާމައިގެ މުހިއްމު ބައްދަލުވުންތަކުންވެސް ނަތަންޔާހޫ ނުފެނުމާއި، އަދި ނަތަންޔާހޫ ދިރިހުރިކަން ދައްކަން އާއްމުކުރަމުން އަންނަ ވީޑިއޯތަކުންވެސް ބުއްދި ޤަބޫލުނުކުރެވޭ ކަންކަން ފާހަގަ ކުރެވޭތީއެވެ.
ނަތަންޔާހޫ މަރު ނުވެ ދުނިޔޭގައި ހުރިނަމަވެސް އޭނާ ހުރި ކޮންމެތަނަކުން ހޯދައި މަރައިލާނެ ކަމުގައި އީރާނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް