ކޯޓުން ޕީއެންސީއަށް ގެއްލުނު ގޮނޑި ވޯޓުން ހޯދީ އެމްޑީޕީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު(ސޯބެ) ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ސޯބެ އާއި ވާދަކޮށްފައި ވަނީ، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ)އެވެ.
އިންތިޚާބުގެ ވޯޓު ފޮށިތައް ގުނައި ނިމުނު އިރު ވަގުތީ ނުރަސްމީ ނަތީޖާގައި ކުރި ހޯދާފައި ވަނީ ސޯބެއެވެ.
ހަ ފޮއްޓެއްގެ ނަތީޖާއަށް ބަލާއިރު ސޯބެއަށް 1189 ވޯޓު ލިބުނު އިރު ސޮޑާއަށް ލިބިފައި ވަނީ 1111 ވޯޓެވެ.
މިއިންތިޚާބުގައި ޖުމުލަ 7 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ. އެއީ މާލޭގައި 2 ފޮއްޓާއި ހިތަދޫގައި ދެފޮއްޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީއަށް ގެއްލުނީ، އެދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވެ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ކަނޑައެޅުމުންނެވެ. މި ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރުމާއި އކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ 13 މެމްބަރުން ތިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް