ފަރުހަތު މިފްކޯގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފަރުހަތު ޝަހީރު -- ފޮޓޯ: މިފްކޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) ސީއީއޯގެ މަޤާމާއި މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި، ފަރުހަތު ޝަހީރު އެމަޤާމްތަކުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު ރައްޔިތުންގެ ނޫހުގެ ފަރާތުން ސުވާލު ކުރުމުން ވިދާޅުވީ، މަޤާމުން އިސްތިއުފާ ދެއްވީ، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުކަމަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތަފްޞީލެއް ނުދެއްވައެވެ.
ފަރުހަތު މިފްކޯއަށް ޢައްޔަނުކުރެއްވީ، މީގެ އަހަރެއްހައި ދުވަސްކުރިން، 2025 މާރިޗު 05 ވަނަ ދުވަހުގައެވެ. އެމަޤާމަށް ފަރުޙަތު ޢައްޔަނުކުރެއްވީ، އޭގެ ކުރިން އެމަޤާމުގައި ހުންނެވި، ޑރ. ވިޓާލީ ލުބިމޯވް މަޤާމުން ވަކިކުރެއްވުމަށް ފަހުގައެވެ.
ދިވެހި ސިފައިންގެ ޚިދުމަތުގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފަރުހަތު، ދިވެހި ސިފައިންގެ ޚިދުމަތުން ރިޓަޔާކުރެއްވީ 2012 ވަނަ އަހަރުގައެވެ. އޭރު އެމަނިކުފާނު ހުންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.
އޭގެ ފަހުން ސަރުކާރުގެ މައިހޮސްޕިޓަލް އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމުވެސް ފަރުހަތު ފުރުއްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް