ތެޔޮވިއްކުމުގައި މަސްވެރިންގެ މެދުގައި ތަފާތު ނުކުރަން ގޮވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފައިލް ފޮޓޯ - ބީކޭއެމްޔޫ
ސަރުކާރުން އަގުހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮވިއްކާއި އިރު، ކަންނެލި އޮޑި ފަހަރާއި، ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އޮޑިފަހަރުގެ މެދުގައި ތަފާތު ކުރާތީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކަމުގެ ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެޔޫނިއަންއިން މިއަދު ވަނީ، ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލުން ހުރިހާ މަސްވެރިންނަށް ތެލުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ގޮވާލާފައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުން އަގުހެޔޮކޮށް ވިއްކާތެޔޮ ވިއްކަމުން އަންނަނީ ކަންނެލި އޮޑިފަހަރާއި، ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އޮޑިފަހަރަށް ދެ އަގެއްގައެވެ. ބޮޑު ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރަށް ތެޔޮވިއްކަނީ އަގު ބޮޑުކޮށެވެ. މިގޮތުން ކަންނެލި މަސްވެރިންނަށް. ޑީސަލް ލީޓަރެއް ވިއްކަނީ 19.32ރ އެވެ. މިއަގުގައި ތެޔޮވިއްކަނީ ހުޅުމާލެ އެފްއެސްއެމް ޖެޓީ އިންނާއި، ކ. ހިންމަފުށިންނެވެ.
އެހެން ނަމަވެސް މިފްކޯގެ ހުރިހާ ފެސިލިޓީއަކުން، ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އޮޑި ފަހަރަށް، ޑީސަލް ލީޓަރެއް ވިއްކަނީ، 16.54ރ އަށެވެ. އަދި އަގު ހެޔޮކޮށް ތެޔޮ ވިއްކަމުންދަނީވެސް ދޯނިފަހަރުގެ ސައިޒަށް ބަލައި ލިމިޓްކޮށްގެންނެވެ.
އީރާނާއި ދެކޮޅަށް، އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމަ އާއި ގުޅިގެން ހޮރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް