Post banner
ރާއްޖެ

ކަރަންޓު ސޮކެޓެއްގައި ރޯވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކަރަންޓު ސޮކެޓެއްގައި ރޯވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި އަލިފާން ރޯވުން --- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި ހުރި ކަރަންޓު ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެފައިވަނީ ގ. ކްރެބް ޓްރީ ގޭގެ އެންމެ ތިރީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިއެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ، މިއަދު މެންދުރު 12:09 ހާއިރުގައި ކަމަށެވެ. އަދި އެގޭގައި ރޯވި އަލިފާން މިހާރު ވަނީ ނިވާލާފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފްގެ ފަރާތުން ވިދާޅުވިއެވެ.

ނޭޝަނަލް ޑިސާސްޓާސް މެނޭޖްމެންޓް، އެންޑީއެމްއޭއިން މައުލޫމާތުދިން ގޮތުގައި އަލިފާން ރޯވި ތަނަކީ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެކެވެ. އަދި ސިފައިން އެ ސަރަހައްދަށް ދިޔައިރު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް