Post banner
ރާއްޖެ

އިތުރު ފްލެޓްތަކެއް އަޅަން 5 ކުންފުންޏަކާއި ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިތުރު ފްލެޓްތަކެއް އަޅަން 5 ކުންފުންޏަކާއި ހަވާލުކޮށްފި

ހުޅުމާލޭގައި ފްލެޓް އަޅަން 5 ކުންފުންޏަކާއި ހަވާލުކުރުން --- ފޮޓޯ: ހައުސިންގ މިނިސްޓްރީ

އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ޚާއްސަކޮށްގެން، ހުޅުމާލޭގައި 1000 ފްލެޓް އެޅުމަށް 5 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ޚާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކާއި ކަމަށެވެ. މިގޮތުން މި މަޝްރޫޢުތައް ހިންގުމަށް ހަވާލުކޮށްފައި ވަނީ؛

1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

4. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

5. ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް؛ އާއެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ “އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުޠު ހަމަވާ ފަރާތްތަކަަށް ކަމުގައިވެސް، ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިމަޝްރޫޢުގެ ދަށުން އަޅަން ހަމަޖެހިފައި ވަނީ، 2 ކޮޓަރި އާއި 3 ކޮޓަރީގެ ފްލެޓްތަކެވެ. މިފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ، ދެކޮޓަރީގެ ފްލެޓެއް 1.8 މިލިޔަން އަދި 3 ކޮޓަރީގެ ފްލެޓެއް 2.3 މިލިއަން ކަމުގައި ހައުސިން މިނސްޓްރީން މީގެ ކުރިންވެސް ހާމަކުރައްވާފައި ވެއެވެ.

މިމަޝްރޫޢުތަކުގެ ދަށުން ކޮންމެ ކުންފުންޏަކަށްވެސް ހަވާލުކޮށްފައި ވަނީ، 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް