ދުނިޔެ

ރާއްޖެއަށް ތެޔޮ އެތެރެކުރާ އޮމާންގެ ތެޔޮރައްކާކުރާ ފެސިލިޓީއެއް ގޮއްވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެއަށް ތެޔޮ އެތެރެކުރާ އޮމާންގެ ތެޔޮރައްކާކުރާ ފެސިލިޓީއެއް ގޮއްވާލައިފި

އޮމާންގެ ސަލާޙް ޕޯޓުގައި ހުރި ތެޔޮރައްކާކުރާ ފެސިލިޓީއަށް ދިން ހަމަލާ އާއި ގުޅިގެން އަލިފާން ރޯވެ އަނދަނީ --- ފޮޓޯ: ސްކްރީން ޝޮޓް

ރާއްޖެއަށްވެސް ތެޔޮ އެތެރެކުރަމުން އަންނަ މެދު އިރުމަތީގެ ޤައުމުކަމުގައިވާ އޮމާންގެ ސަލާޙް ބަނދަރުގައި ހުރި ތެޔޮރައްކާކުރާ ފެސިލީޓީއަކަށް ހަމަލާދީފިއެވެ.

ގިނަ އަދަދެއްގެ ތެޔޮ ރައްކާކޮށްފައި ހުރި އެ ފެސިލިޓީއަށް ހަމަލާދީފައި ވަނީ، ޑްރޯން ބޭނުންކޮށްގެން ކަމުގައި އޮމާންގެ ޤައުމީ ޓީވީން ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް މި ހަމަލާއަކީ އިރާނުން ދިން ހަމަލާއެއް ކަމެއް ކަށަވަރެއް ނުވެއެވެ. އެހެން ނަމަވެސް އޮމާނުންވެސް ތުހުމަތު ކުރަނީ އެހަމަލާއަކީ އިރާނުން ދީފައިވާ ހަމަލާއެއް ކަމަށެވެ.

ސަލާޙް ބަނދަރުގެ ތެޔޮ ރައްކާކުރާ ފެސިޓީއަށް ހަމަލާދީފައި ވީނަމަވެސް އެ ހަމަލާގައި އެބަނދަރުގައި އޮތް އެއްވެސް ތެޔޮ އުފުލާ ޓޭންކަރަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހަމަލާ އޮމާނުން ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

އޮމާންގެ ތެޔޮރައްކާ ކުރާ ފެސިލިޓީއަށް ޑްރޯން ހަމަލާއެއްދިން އިރު، ދިވެހިރާއްޖެއަށްވެސް ތެލާއި ގޭސް އެތެރެ ކުރަނީ، އޮމާނުންނެވެ. އެހެން ކަމުން އޮމާންގެ ތެލުގެ އިންފްރާސްޓްރަކްޗަރއަށް ދެވޭ ހަމަލާތަކުގެ ސަބަބުން އޮމާނުން ތެޔޮ ބޭރުކުރުމުގެ އޮޕަރޭޝަންތަަކަށް ބުރޫއަރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިއީ ހަނގުރާމަ ފެށުނުފަހުން އޮމާނަށް އަމާޒުވި މިފަދަ ފުރަތަމަ ހަމަލާއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އަރަމްކޯގެ ތެޔޮރައްކާ ކުރާ ފެސިލީޓީއަކަށްވެސް ހުސްވި ހަފްތާގެ ތެރޭގައި ހަމަލާދިން އިރު، އެހަމަލާދިނީ އިރާނުން ނޫންކަން ފަހުން ވަނީ ހާމަވެފައެވެ. އަދި އެހަމަލާދީފައި ވަނީ އިޒްރޭލުގެ މޮސާޑުގެ އެޖެންޓުންކަންވެސް ވަނީ ހާމަވެފައެވެ.

އެމެރިކާ އާއި އިޒްރާއީލުން އީރާނަށް ދެމުން އަންނަ ހަމަލާތަކުގައި، މިހަފްތާގައި ވަނީ ތެހެރާނުގައި ހުރި ތެޔޮރައްކާކުރާ ފެސިލިޓީއަކަށް ހަމަލާދީ ގޮއްވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް