Post banner
ރާއްޖެ

ދެ ޑައިވަރެއްގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނަގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެ ޑައިވަރެއްގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނަގައިފި

އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހޮހަޅައިގެ ތެރެއިން ނަގާފައި ވަނީ، ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭ އާއި، މެރިން ބަޔޮލޮޖިސްޓް ފެޑެރިކޯގެ ހަށިގަނޑެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އަލިމަތާ ކައިރީގައި އޮންނަ ފަރުގެ 58 މީޓަރު އަޑީގައި ހުރި ހޮހަޅައަށް ފީނުމުގެ ތެރޭގައި ގެއްލުނު، އިޓަލީގެ 4 ޑައިވަރުންގެ ތެރެއިން 2 ޑައިވަރެއްގެ ހަށިގަނޑު މިއަދު އެ ހޮހަޅައިގެ ތެރެއިން ނަގައިފިއެވެ.

ކާމިޔާބުކަމާއި އެކު ދެމީހެއްހެ ހަށިގަނޑު ނެގިފައިވާކަން، އެމަސައްކަތް ކުރަމުން އަންނަ "ޑޭން ޔޫރަޕް" ގުރޫޕުން ވަނީ ހާމަކޮށްފައެވެ. އަދި އަނެއް ދެމީހުންގެ ހަށިގަނޑުވެސް، މޫސުމް ތަންދޭނަމަ، މާދަމާ، ނަގާނެ ކަމުގައި އެގުރޫޕުން ވަނީ ހާމަކޮށްފައެވެ.

އެގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ހަށިތައް ނެގުމުގެ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑޭން ޔޫރަޕުން ކޯޑިނޭޓްކުރާ ޚާއްޞަ ޓެކްނިކަލް ކޭވް ޑައިވިން ޓީމުން، އެމްއެންޑީއެފާއި އަދި ދިވެހި ފުލުހުންނާއިވެސް ގުޅިގެންނެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހޮހަޅައިގެ ތެރެއިން ނަގާފައި ވަނީ، ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭ އާއި، މެރިން ބަޔޮލޮޖިސްޓް ފެޑެރިކޯގެ ހަށިގަނޑެވެ.

އެމީހުންގެ ހަށިތައް ނެގީ، އެ ހޮހަޅައިގެ 3 ވަނަ ޗެމްބަރުގެ އެންމެ ފުނުންނެވެ.

މިއަދު ނެގި މީހުންގެ ހަށިތައް މިހާރު ވަނީ މާލެ ގެނެސް މޯޗަރީއަށްލާފައެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރެއިން ހޮހަޅައިން އެންމެ ފުރަތަމަ ނެގި މީހާގެ ހަށިގަނޑު މިހާރުވަނީ، އިޓަލީއަށް ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް