Post banner
ރާއްޖެ

ޑރ ޖަމީލު ޝިއުނާގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ޕޯސްޓު ކުރި މައްސަލަ ކަމާއި ބެހޭ އިދާރާކަށް ހުށައަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑރ ޖަމީލު ޝިއުނާގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ޕޯސްޓު ކުރި މައްސަލަ ކަމާއި ބެހޭ އިދާރާކަށް ހުށައަޅައިފި

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ----

ކުރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ، ބުރުގާ ނާޅައި ހުރި ފޮޓޯއެއް، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މައްސަލައިގައި ޑރ. ޖަމީލާއި ދެކޮޅަށް ކަމާއި ބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވާ ކަމުގައި ޝިއުނާ ހާމަކޮށްފިއެވެ.

ޝިއުނާއަކީ، މިސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓް ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރަމުން އަންނަ، އަދި އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔައި ރައްދުދީ، ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ މީހެކެވެ. ކުރިން ނޫސްވެރިކަންވެސް ކޮށްފައިވާ ޝިއުނާ، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، ސޯޝަލްމީޑިއާގައި ސިޔާސީ ބޭނުމަށް އޭނާއަށް ފުރައްސާރަކޮށް ޙިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކުރަމުންދާ މައްސަލައިގަ ޖަމީލުއާއި ދެކޮޅަށް ދަޢުވާކުރުމަށް އަދި ޙައްޤު ހޯދުމަށް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެމައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެޗްއާރްސީއެމްއަށް ހުށައަޅާފައިވާ ކަމުގައި އޭނާ ވަނީ ހާމަކޮށްފައެވެ.

ޝިއުނާއަކީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރެއިން، ޚާއްޞަކޮށް ޕީއެންއެފްގެ އިސްވެރިން، ފާޑުކިޔުންތައް އަމާޒު ކުރަމުން އަންނަ މީހެކެވެ. ޑރ. މުހައްމަދު ޖަމީލު އަޙުމަދަކީ، ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމުގެ މަޤާމާއި ޖަސްޓިސް މިނިސްޓަރުގެ މަޤާމުންވެސް ފުރުއްވި ބޭފުޅަކަމަށް ވާއިރު، އެމަނިކުފާނު ސޯޝަލް މީޑިއާގައި އެކަށީގެން ނުވާ މޭރުމުންނާއި ބަހުރުވައިން މީހުންނަށް ރައްދުދީ ވާހަކަތައް ދައްކާ މައްސަލައިގައި އާއްމުންގެ ފާޑުކިޔުންތައް އެމަނިކުފާނަށްވެސް އަމާޒުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް