އެލްނީނޯގެ ސަބަބުން ރާއްޖޭގެ މައިގަނޑު ސިނާޢަތްތަކަށް ނުރައްކާ ވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕެސިފިކް ކަނޑުގައި "އެލްނީނޯ " ގެ ބާރު މިހާރު ދަނީ ގަދަވަމުން ކަމަށާއި، މިއަހަރު ނިމެންދެން "އެލްނީނޯ " ގެ ބާރު ގަދަވަމުންދާނޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެލްނީނޯގެ ހާލަތު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދަނީ ވަރަށް ގާތުން ބަލަމުންކަމަށެވެ.
އެލްނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައ،ި ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރިމަތިވާ ނުރައްކާތައް ހިމެނޭ ކަމަށާއި، މީގެ އިތުރުނ،ް ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭކަމުގައިވެސްމެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.
މި ކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރު ކަމަށާއި، އަދި ފަތުރުވެރިކަމާއ،ި މަސްވެރިކަމާއ،ި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިންމުކަން މި ކަންކަމުން ދޭހަކޮށްދޭ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.
އެލްނީނޯއާއި ގުޅިގެން މުހިންމު ދާއިރާތަކަށް ކުރާ އަސަރުތައ:ް
މުރަކަ ފަރުތައް :
އެލްނީނޯގެ ދުވަސްވަރު ކަނޑުގެ ސަތަހައިގެ ހޫނުމިން މަތިވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލަފަށް ހޫނުވ،ެ ފަރުތަކުގެ ދިރުންތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެއެވ.ެ
މަސްވެރިކަން :
ޕެސިފިކް ކަނޑުގެ މެދުތެރޭގެ ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިގެ މިސްރާބާއި އޮއިވަރަށް ބަދަލު އައިސ،ް ކަނޑުގެ ފަށަލަތަކަށް ލޮޅުން އަރުވައެވ.ެ މި ބަދަލުތަކުގެ ސަބަބުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ ، މަސްވެރިކަން ދަށްވެގެންދެއެވ.ެ މީގެ އިތުރުނ،ް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފުން ހިސާބުތަކުން މައްޗަށް އަރާ ފިނިފެނާއި ކާނާ މަދުވ،ެ މަސްމަހާމެހީގެ އާބާދީ ދަށްވެއެވ.ެ ތާރީޚީ ގޮތުން ބަލާއިރު އެލްނީނޯ އަހަރުތަކުގައި ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ރާއްޖެއަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވ.ެ
ފަތުރުވެރިކަން :
މުރަކަ ހުދުވުމުގެ ސަބަބުން ތިމާވެއްޓާ ގުޅުންހުރި ފަތުރުވެރިކަމަށް ސީދާ ނޭދެވޭ އަސަރުކުރެއެވ.ެ މީގެ ސަބަބުން ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ މަގުބޫލުކަން ކުޑަވ،ެ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އާމްދަނީގެ ވަސީލަތްތަކަށް ހުރަސް އެޅެއެވ.ެ
ހަކަތައިގެ ދާއިރާ :
އެލްނީނޯގެ ދުވަސްވަރު ހޫނުމިން މަތިވުމުގެ ސަބަބުނ،ް ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވެއެވ.ެ
ދަނޑުވެރިކަން :
ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މޫސުމީ ބުރުތަކަށް ބުރޫއަރައ،ި ގަސްގަހާގެހިން ލިބޭ މިންވަރު މަދުވެއެވ.ެ
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި، އެންމެ ފަހުގެ ޑޭޓާއިން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވ.ެ ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރ،ު އޮގަސްޓް މަހުގެ މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައި ކަމަށާއި، އަދި ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަންކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވެއެވެ.
އެއިދާރާއިން ވިދާޅުވީ، ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އަންގައިދެނީ އެލްނީނޯގެ އަސަރުތައް ކަމަށެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސ.ީ ޕ.ީ ސީ) އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރުގަދަވަމުން ދާނެ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް