ވިކުރާ

ކާރު އެމްވީއަށް ދިން ޓެކްސީ ނަފާ ލޯނުގެ ފައިސާ އަނބުރާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން: އެސްޑީއެފްސީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކާރު އެމްވީއަށް ދިން ޓެކްސީ ނަފާ ލޯނުގެ ފައިސާ އަނބުރާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން: އެސްޑީއެފްސީ

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއެއްގެ ތެެރެއިން -- )ފައިލްފޮޓޯ(

ޓެކްސީ ނަފާ ލޯނުގެ ފައިސާ އެސްޑީއެފްސީ ދޫކުރު ކާރއެމްވީގެ އަތުން އެފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އެސްޑީއެފްސީން ވިދާޅުވެއްޖެވެ.

ޓެކްސީ ނަފާ ލޯނުތައް ކެންސަލްކޮށް އެކަން އެންގުމާއި ގުޅިގެން އެލޯނު ލިބުނު މީހުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި، އެސްޑީއެފްސީން ވިދާޅުވީ، ކާރއެމްވީއަށް ކާރު ގަތުމަށް 22 ފަރާތެއްގެ ލޯނު ފައިސާ ހަވާލު ކުރި ކަމަށެވެ. އެހެން ނަމަވެސް އޭގެ ޖުމުލަ އަދަދެއް އެސްޑީއެފްސީން ހާމަކޮށްފައެއް ނުވެއެވެ. އަދި އަނބުރާ ހޯދަން ޖެހެނީ ކިހާ ފައިސާއެއް ކަމެއްވެސް އެފްޑީއެފްސީން ވިދާޅެއް ނުވެއެވެ.

އެސްޑީއެފްސީން ޓެކްސީ ނަފާ ލޯނު، ދޫކުރި މީހުންގެ ތެރެއިން ބައެއް މީހުން، ރައްޔިތުންގެ ނޫހަށް ޙިއްޞާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެސްޑީއެފްސީން ވަނީ، ކާރއެމްވީއަށް، ޓެކްސީ ނަފާލޯނުގެ 6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައި ކަމަށް ބެލެވެއެވެ.

އެސްޑީއެފްސީންވެސް ވިދާޅުވީ، ޓެކްސީ ނަފާލޯނުގެ ދަށުން، ކާރު ގަތުމަށް ކާރއެމްވީއަށް ހަވާލުކުރި އިރު 14 މީހަކަށް ކާރު ލިބިފައި ނުވާކަމަށެވެ. އަދި އެ މީހުންނާއި އެކު ހަދާފައިވާ ލޯނު އެގްރިމެންޓްތައް ބާޠިލު ކުރީ، ކާރު ނުލިބި އެމީހުން އަނބުރާ ލޯނުދައްކަން ޖެހިފައިވާތީ، އެކަމުގެ ބުރަ ލުއިކޮށްދިނުމުގެ ގޮތުން ކަމުގައި އެސްޑީއެފްސީން ވިދާޅުވިއެވެ.

ޓެކްސީ ނަފާ ލޯނު ލިބުނު ފަރާތްތަކަށް އެސްޑީއެފްސީން ލޯނު ހަމަޖައްސައިދީފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަދި ލޯނު ފައިސާ ކާރ އެމްވީއަށް ދޫކޮށް ކާރުގަތުމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައި ވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް