ބޮޑު ބަދަލު އޮފީސްގެ ނަމުގައި ވަކި އޮފީހެއް ހަދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ނަޝީދާއި، ޙަސަން ލަޠީފް -- ފޮޓޯ: އެމްޑީޕީ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިޢުލާނު ކުރައްވާފައިވާ "ބޮޑުބަދަލު"ގެ ހަރަކާތްތައް ހިންގުމަށްޓަކައި ވަކި އޮފީހެއް އުފައްދަވައިފިއެވެ.
އެމްޑީޕީން ބުނީ، 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވާފައިވާ ”ބޮޑު ބަދަލު“ އޮފީސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމުކޮށްފައިވާ ކަމަށެވެ، އަދި އެއޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އަލްއުސްތާޛް ޙަސަން ލަޠީފުކަމުގައިވެސް އެމްޑީޕީން މިއަދު ވަނީ ޤާއިމްކޮށްފައެވެ.
ރައީސް ނަޝީދު ޢިއުލާނު ކުރައްވާފައިވާ "ބޮޑު ބަދަލު" ސިޔާސަތަކީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތައް ގެނައުމަށް އެމަނިކުފާނު ހުށައަޅުއްވާފައިވާ ސިޔާސަތެކެވެ. އެސިޔާސަތުގެ ދަށުން ފައްޔާޒު އިސްމާޢީލް ދައުލަތުގެ ވެރިޔަކަށް އަދި ރައީސް ނަޝީދު ސަރުކާރުގެ ވެރިއަކަށް ހުންނެވުމަށް ބޭނުންފުޅުވާކަމުގައި ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ، އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ފައްޔާޒު ގެނައުމަށާއި، އަދި ބޮޑުވަޒީރުގެ މަޤާމަށް ރައީސް ނަޝީދު ވަޑައިގެންނެވުމަކީ، އެސިޔާސަތުގެ ތެރެއިން އަމާޒު ހިފާފައިވާ ކަމެއް ކަމުގައި، ރައީސް ނަޝީދު އެކަމާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅު ތަކުން ދޭހަވެއެވެ.
ބޮޑުބަދަލު ރައީސް ނަޝީދު އިޢުލާނުކުރައްވާފައި ވަނީ، އެމްޑީޕީގެ ޗެއާޕރަސަން ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް ނިންމަވައި، އެކަން އިޢުލާނުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާ ކަމުގައިވެސް އެބައްދަލުވުމުގައި ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް