ވިކުރާ

ޓީއެމްއީ ރިޓްރީޓްސްގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި ހުސްވި މަހު ހާހެއްހައި ޑޮލަރު ލިބުނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޓީއެމްއީ ރިޓްރީޓްސްގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި ހުސްވި މަހު ހާހެއްހައި ޑޮލަރު ލިބުނު

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓް ހައުސްގެ މުވައްޒަފުން --

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓް ހައުސްއިން ފެބުރުއަރީ މަހު މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި، ކޮންމެ މުވައްޒަފަކަށް 933 ޑޮލަރު ދީފިއެވެ.

މިއީ އެގެސްޓްހައުސްގެ މުވައްޒަފުންނަށް މިހާތަނަށް އެއް މަހެއްގައި ލިބުނު އެންމެ ބޮޑު ސަރވިސް ޗާޖެވެ. އަދި މިއީ ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބޭ ސަރވިސް ޗާޖުގެ އަދަދަށްވުރެ ވެސް ނިސްބަތުން ބޮޑު އަދަދެކެވެ.

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓް ހައުސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އުސްމާން ވިދާޅުވީ، ފެބުރުއަރީ މަހުގެ ސަރވިސް ޗާޖަކީ، އެގެސްޓްހައުސްގެ މުވައްޒަފުންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ސަރވިސް ޗާޖު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖެނުއަރީމަހުގައިވެސް އެގެސްޓް ހައުސްއިން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 905 ޑޮލަރުވަނީ ދީފައެވެ.

2024 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެ ގެސްޓް ހައުސްގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި 700 ޑޮލަރު ދިން އިރު، 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ސަރވިސް ޗާޖުގެ ގޮތުގައި 840 ޑޮލަރު ވަނީ ދީފައެވެ.

މިއީ ރާއްޖޭގައި ހިންގާ ލޯކަލް ގެސްޓު ހައުސްތަކަށް ބަލާއިރު، ރެކޯޑު އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ.

Uploaded image

އެހެންކަމުން ލޯކަލް ޓޫރިޒަމްގައި އަންނަ މިކުރިއެރުމާއި މުވައްޒަފުންނަށް ހުރި ފައިދާތައް މިތަފާސް ހިސާބުތަކުން ފެނެއެވެ. މީގެ އިތުރުން މިކަންކަމަކީ މިދާއިރާއަށް ޒުވާނުން ނުކުތުމަށްވެސް ލިބޭ ވަރަށް ބޮޑު ހިއްވަރަކަށް ވެގެންދާނެ ކަމުގައި އުސްމާން ފާހަގަ ކުރެއްވިއެވެ.

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓް ހައުސަކީ، 32 ކޮޓަރީގެ ގެސްޓް ހައުސެކެވެ.

އދ. ދިގުރަށަކީ، ރާއްޖޭގައި ލޯކަލް ޓުއަރިޒަމް އެންމެ ބޮޑަށް ފުޅާވަމުން އަންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ދިގުރަށުގައި ޖުމުލަ 44 ގެސްޓް ހައުސް ހުންނައިރު އެއީ ޖުމުލަ 430 ކޮޓަރިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް