Post banner
ރާއްޖެ

ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުޅުމާލެ މިދިލި މަގުގައި ހުރި ސޯލާޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުޅުމާލެ މިދިލި މަގުގައި ހުރި ސޯލާޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބާރު ސްޕީޑުގައި ދުއްވި ކާރެއް، ހުޅުމާލެ ދެކުނު ފަރާތު ސޯލާ ޕެނަލް ތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ، މިއަދު ހެނދުނު 8:30 ހާއިރުގައެވެ.

އެކްސިޑެންޓް ހިނގީ، ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރު، ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބުގައި، މިދިލިމަގުގައި، ވޯޓަރއެއަރޯޑްރާމް ފަޅީގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކުގައި ޖެހިގެންނެވެ. ސޯލާޕެނަލްތަކުގައި ކާރު ޖެހުމުގެ ސަބަބުން ކާރަށާއި، ސޯލާ ޕެނަލްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވެއެވެ.

މިހާދިސާ ހިނގި އިރު ކާރު ދުއްވަން އިން މީހާއަށްވެސް އަނިޔާތަކެއް ލިބިފައި ވެއެވެ، އެކްސިޑެންޓްވި ކާރަކީ، އަގު ބޮޑު ލަގްޒަރީ ސްޕޯޓްސް ކާރެކެވެ. އެބާވަތުގެ ކާރެއްގެ އަގު 240،000 ޑޮލަރަށް ވުރެ މައްޗެވެ.

މިއެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ،

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް