ރާއްޖޭގެ މަނަވަރު ހުރަވީ ކޮލަމްބޯއަށް ބަނދަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގެ މަނަވަރު ހުރަވީ، ކޮލަމްބޯ ބަނދަރުގައި --- ފޮޓޯ: ސްރީލަންކާ ނޭވީ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މަނަވަރު، ހުރަވީ، ކޮލަމްބޯގައި ބަނދަރުކޮށްފިއެވެ.
ހުރަވީ ކޮލަމްބޯއަށް ބަނދަރުކޮށްފައި ވަނީ، އިންޑިއާގެ ވިޝާކަޕަޓްނަމްގައި ފެބުރުއަރީ މަހުގެ މަހުގެ 15އިން 25އަށް ކުރިޔަށް ގެންދިޔަ، ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއަށް އައުމުގެ މަގުމަތީގައި އެއުޅަނދުގެ ބައެއް މަރާމާތުތައް ކުރުމަށެވެ. ހުރަވީ އާއިއެކު އިންޑިއާގައި ކުރިޔަށް ދިޔަ މި ފްލީޓް ރިވިއުގައި ބައިވެރިވި އީރާނުގެ މަނަވަރު އައިރިސް ޑެނާއަށް އެމެރިކާގެ ސަބްމެރީނަކުން ދިން ޓޯޕިޑޯ ހަމަލާއެއްގައި މިއަދު އެމަނަވަރު ވަނީ ކޮލަމްބޯގެ ދެކުނުން ރާއްޖޭގެ އިރުމަތިން އިންޑިއާކަނޑަށް ފައްތާލާފައެވެ.
ހުރަވީ ކޮލަމްބޯގައި މަޑު ކުރާ ދުވަސްތަކުގައި، މަނަވަރުގެ ސިފައިން ސްރީލަންކާގެ މުޙިއްމު ތަންތަނަށް ޒިޔާރަތް ކުރާނެ ކަމުގައިވެސް ސްރީލަންކާ ނޭވީން ބުނެފައި ވެއެވެ. މާރިޗު މަހުގެ 26 ވަނަ ދުވާހައި ހަމައަށް ހުރަވީ އޮންނާނީ ކޮލަމްބޯ ބަނދަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް