ބަދިގެ ކުނި ފިޔަވައި އެހެން ކުނި މިވަގުތު ނުނަގާކަމަށް ވެމްކޯއިން ބުނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގޭބިސީތަކުގެ ބަދިގެއިން ނެރޭ ހަލާކުވާ ޒާތުގެ ކުނި ފިޔަވައި އެހެން ކުނި އުކާލުމުގެ ޚިދުމަތް މިވަގުތު މެދު ކަނޑާލާފައިވާ ކަމުގައި ވެމްކޯއިން ބުނެފިއެވެ.
ވެމްކޯގެ އޮޕަރޭޝަންސް މުވައްޒަފަކު ވިދާޅުވީ، އާއްމު ގޭބިސީގައި އުފެދޭ ހަލާކުވާ ޒާތުގެ ބަދިގެ ކުންޏާއި ކާޑުބޯޑު ކުނި ފިޔަވައި، އެހެން ކުނިބުނި އުކާލުމުގެ ޚިދުމަތް ހުޅުމާލެއިން މިއަދު ނުދޭ ކަމަށެވެ. އަދި އެއީ ތިލަފުށީ ސައިޓަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމުގައިވެސް ވެމްކޯއިން ބުނެފައި ވެއެވެ،
މީގެ ކުރިންވެސް ތިލަފުށީގައި ކުނި މެނޭޖު ނުކުރެވި ރިސޯޓުތަކުން އުކާލާކުނި ބަލައިގަތުންވެސް ވެމްކޯއިން މަޑުޖައްސާލިއެވެ. އޭގެ ފަހުން މިދިޔަ ހަފްތާގައި، ތިލަފުށި ކުނި ގޮނޑުގައި ރޯވެ ވަނީ ބޮޑު ބައެއް އަނދައިގެން ގޮސްފައެވެ.
ތިލަފުށީގައި ކުނި އެންދުން ހުއްޓާލީ،މިދިޔަ ސަރުކާރުގެ ދުވަސްވަރުގައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް