ޢަބްދުލްމުޢިއްޒުގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢަބްދުލްމުޢިއްޒުގެ ޖަނާޒާ -- ފޮޓޯ: ރައްޔިތުންގެ ނޫސް
ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޢަބްދުލްމުޢިއްޒު ޙަސަންގެ ޖަނާޒާ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ސަހަރާގައި ބާއްވައިފިއެވެ.
ޢަބްދުލްމުޢިއްޒު ޙަސަންގެ މޫނު ދެކެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ހުޅުމާލެ ސަހަރާއަށް ވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މިޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ސަހަރާ މިސްކިތް މަސްޖިދުއްޒައިދު ބިން ޘާބިތުގައި މިރޭގެ 12:00ގައި ޢަބްދުލްމުޢިއްޒު ޙަސަންގެ މައްޗަށް ކުރެވުނު ކަށު ނަމާދުގައިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
މުޢިއްޒުއަކީ، ތެލަސީމިއާ ކޮމިއުނިޓީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި، އަދި ތެލަސީމިއާ ކުދިންގެ ޙައްޤުތަކަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ތެލަސީމިއާ ސޮސައިޓީގެ ޗެއާމަންގެ މަޤާމުންވެސް އޭނާ ކުރިން ފުރުއްވާފައި ވާއިރު، ނިޔާވި އިރުވެސް ހުންނެވީ، ތެލެސީމިއާ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ އެގްޒެކްޓިވް މެމްބަރެއްގެ މަޤާމުގައެވެ.
އިޖުތިމާޢީ ގިނަ ޚިދުމަތްތަކެއްވެސް ކުރައްވަމުން އައި މުޢިއްޒު ވަޒީފާ އަދާކުރަމުން އައީ އެޗްޑީސީގައެވެ. އެކުންފުނީގެ މުވައްޒަފުންގެ ކުލަބްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އެކުލަބުގެ އިޖުތިމާޢީ މަސައްކަތްތަކުގައި އޭނާ ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރައްވާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް