އެންމެ ގިނައިން ކަޅު ބާޒާރުގައި ޑޮލަރު ދައުރު ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން -- ފޮޓޯ: ރައީސް އޮފީސް / ފައިލް ފޮޓޯ
ރާއްޖޭގައި އެންމެ ގިނައިން ކަޅު ބާޒާރުގައި ޑޮލަރު ދައުރު ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ގިނަ ފަރާތްތަކެއް ކަޅު ބާޒާރުގައި ޑޮލަރު ދައުރުކުރާ އިރު، އެއީ ގާނޫނީ ކުށެއް ކަމަށާއި، އެކަމަކީ މަނީ ލޯންޑަރިން ކަމަށެވެ.
އަދި އެމްއެމްއޭއިން ހުއްދަ ދީފައިވާ ތަންތަނުން ވެސް ލިބިފައިވާ ހުއްދައިގެ ބޭރުން ޑޮލަރު މާރުކޮށްފިނަމަ 5000ރ އާއި 1 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް އެފަދަ ކޮންމެ މުއާމަލާތެއް ވަކި ވަކިން ޖޫރިމަނާކުރެވޭ ނިޒާމްތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެމްއެމްއޭގައި ރަޖިސްޓަރކޮށްގެން 63 މަނީ އެކްސްޗޭންޖްކުރާ ތަނެއް މިހާރު ރަޖިސްޓްރީކޮށްފައިވާކަމަށެވެ. ނަމަވެސް، ހުއްދަނެތި އެ މުއާމަލާތްކުރާކަން ފާހަގަވި ހަތް ފަރާތެއްގެ މިސާލު މިނިސްޓަރ ވަނީ ނަންގަވާފައެވެ. އެގޮތުން 77 މިލިއަން ޑޮލަރު އެ ހަތް ފަރާތުން މާރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކަޅު ބާޒާރުގައި ޖުމްލަ 4 މިލިއަން ޑޮލަރު މާރުކޮށް، ބޮޑެތި ރިސޯޓު ޗެއިނަކުން ވެސް ކަޅު ބާޒާރުގައި ބައިވެރިވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް