ރާއްޖެ

ޑިފެންސް މިނިސްޓަރުގެ މަޤާމަށް ޙަސަން ރަޝީދު ޢައްޔަނުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑިފެންސް މިނިސްޓަރުގެ މަޤާމަށް ޙަސަން ރަޝީދު ޢައްޔަނުކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ޙަސަން ރަޝީދަށް ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އެރުވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

އަލްފާޟިލް ޙަސަން ރަޝީދަކީވެސް މުޅިން އަލަށް ކެބިނެޓުގައި ހިމެނުއްވި މިނިސްޓަރެކެވެ. އެހެން ނަމަވެސް މީގެ ކުރިން ސަރުކާރުގެ އިސްމަޤާމުތައް ފުރުއްވި އިރު އެންމެ ފަހުން ހުންނެވީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.

ޑިފެންސް މިނިސްޓަރުގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި، ޣައްސާނު މައުމޫނު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް