ރާއްޖެ

ފީއަލީ އަލިފާނުގެ ހާދިސާ: ގެއްލުންތައް ބަލައި އަވަސް ހައްލެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފީއަލީ އަލިފާނުގެ ހާދިސާ: ގެއްލުންތައް ބަލައި އަވަސް ހައްލެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށްޓަކައި، އެރަށަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ޒިޔާރަތްކޮށް، ކައުންސިލާއި، ކަމާއި ބެހޭ އެހެން ފަރާތްތަކާއި އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އިއްޔެ އެމިނިސްޓްރީގެ ޓީމު ކުރ ޒިޔާރަތުގައި، ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބަލާފައިވާކަމަށެވެ.

ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިގެން ގޮސްފައެވެ. މިހާދިސާގައި ލިބުނު ގެއްލުންތައް އެތައް މިލިޔަން ރުފިޔާ އަކަށް އަރާއިރު، އަނދައިގެން ދިޔަ ބައެއް ދޯނިތައް ހުރީ، އިންޝުއަރެންސްވެސް ނުކޮށެވެ.

އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް މަސްވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް