Post banner
ރާއްޖެ •

ފޯޅަވަހި ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޯޅަވަހި ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ

ބިންހެލުން އައި ސަރަހައްދު --

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސްޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.2 ގައެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިބިންހެލުން އައިސްފައި ވަނީ، މިއަދު ހަވީރު 16:28ގައެވެ. ބިންހެލުމުގެ މަރުކަޒު ހުރީ އައްޑޫ ސިޓީ އާއި 1245 ކިލޯމީޓަރު ދުރުން މިޑް އިންޑިއަން ރިޖްގައެވެ.

މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް