Post banner
ރާއްޖެ

އިންޑިއާގެ ރައީސަށާއި ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަޙްނިޔާ ފޮނުއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑިއާގެ ރައީސަށާއި ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަޙްނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސާ ދްރައުޕަތީ މުރްމުއާއި އެކު --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސާ ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ އެދެބޭފުޅުންނަށް ތަޙްނިޔާ ފޮނުއްވާފައި ވަނީ ވަކިވަކިންނެވެ. އިންޑިއާގެ ރައީސާ މުރްމުއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަން ބިނާކޮށްފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، އިޙުތިރާމުގެ ބިންގަލުގެ މަތީގައިކަމަށް ވަނީ ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވަނީ، ދެ ޤައުމުގެ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ފެންނާންހުރި ތަރައްޤީ، ފަޚުރުވެރިކަމާއެކު ހަނދާންކުރައްވާފައެވެ. އަދި ބޮޑުވަޒީރު މޯދީގެ ބެއްލެވުމުގެ ދަށުން، ސަރަޙައްދީ ފެންވަރުގައި އިންޑިއާއިން ދައްކާ އިސްނެގުން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ދެ ޤައުމުން މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާކޮށް، ޢަމަލީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ ޢަޒުމުގައި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަސް، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1950 ވަނަ އަހަރު، އެ ޤައުމުގެ ޤާނޫނު އަސާސީ ތަސދީޤުކޮށް، މިނިވަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް