ވިކުރާ

މިފްކޯއިން މަސްދަޅު ކޭސް ވިއްކާ އަގަށް ގެނައި ބަދަލު އަނބުރާ ގެންގޮސް ކުރީގެ އަގަށް ބަދަލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިފްކޯއިން މަސްދަޅު ކޭސް ވިއްކާ އަގަށް ގެނައި ބަދަލު އަނބުރާ ގެންގޮސް ކުރީގެ އަގަށް ބަދަލުކޮށްފި

މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑު ކުރުމަށް ފަހު، އަނެއްކާވެސް އަލުން ކުރީގެ އަގުގައި ވިއްކުމަށް ނިންމައިފިއެވެ.

މިފްކޯއިން ވިދާޅުވީ، އެކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ގަންނަން ލިބޭނެ ކަމަށެވެ.

މިފްކޯއިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމުގެ ޔަގީންކަން އަރުވާ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް