މައްކާއަށް ނުރައްކާ އޮތް ކަމަށް ސަޢޫދީ ސިވިލް ޑިފެންސްއިން ނެރުނު އިންޒާރު ނަގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަޢޫދީ ޢަރަބިއްޔާގެ މައްކާ -- ފޮޓޯ: ރައްޔިތުންގެ ނޫސް
ސަޢޫދީ ޢަރަބިއްޔާގެ މުހިއްމު ތިންސިޓީއަކަށް ނުރައްކާ އޮތްކަމަށް ސަޢޫދީގެ ސިވިލް ޑިފެންސްއިން މިއަދު ނެރުނު އިންޒާރުގައި މައްކާ ހިމެނުމަށްފަހު، ނަގައިފިއެވެ.
ހަމަލާއެއް އަމާޒު ވެދާނެކަމަށް، ސަޢޫދީގެ ސިވިލް ޑިފެންސްއިން މިއަދު އިއުލާނު ކުރި ރައްތަކުގެ ތެރޭގައި، ހިމެނެނީ، މައްކާ އާއި ޖިއްދާ އާއި ޠާއިފެވެ. އެހެން ނަމަވެސް އެފަދަ ނުރައްކަލެއް މައްކާއަށް ނެތް ކަމުގައި މީގެ ކުޑައިރުކޮޅެއް ކުރިން ސަޢޫދީގެ ސިވިލް ޑިފެންސްއިން ވަނީ ހާމަކޮށްފައެވެ.
އެހެން ނަމަވެސް ސަޢުދީގެ މުހިއްމު އަނެއް ދެސިޓީ ކަމުގައިވާ ޖިއްދާ އާއި ތާއިފަށް ނެރެފައިވާ އިންޒާރު ވަނީ އެގޮތުގައި ދަމަހައްޓާފައެވެ. ޖިއްދާއަކީ، ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރީގެ މަރުކަޒީ ރަށެވެ. މީގެ އިތުރުން ޠާއިފަކީ، ސަޢޫދީ ޢަރަބިއްޔާގެ އިޤުތިޞާދުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި ބޮޑެތިން އިންފްރާސްޓްރަކްޗަރ ތަކެއް ޤާއިމްކޮށްފައިވާ ސިޓީއެކެވެ.
ސަޢޫދީ އަރަބިއްޔާއިން 2015 ވަނަ އަހަރު، ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަމަލާތައް ދެމުން އަންނައިރު، އީރާނުގެ މަދަދު ލިބޭ ހޫތީން އަންނަނީ، ސަޢޫދީ ޢަރަބިއްޔާގެ މުހިއްމު ސިޓީތަކަށާއި، ތެލުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާދީ ހަލާކުކޮށްލަމުންނެވެ. އަދި އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުންފެށި ހަނގުރާމައިގައި، ސަޢޫދީ ޢަރަބިއްޔާ އާއި އެހެން ޢަރަބި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ދިފާޢީ ނިޒާމްތަކަށް އީރާނުން ހަމަލާދީ ވަނީ ހަލާކުކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް