Post banner
ރާއްޖެ

ފުލުހުންގެ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުލުހުންގެ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެއްޖެ

ކެނދިކުޅުދޫގައި ހިނގި އެކްސިޑެންޓް -- ފޮޓޯ: ކިޔުންތެރިއެއް

ނ. ކެނދިކުޅުދޫގައި ފުލުހުންގެ ކާރެއް އެކްސިޑެންޓްވެ ހޮޅިދަނޑިއެއް ވެއްޓިއްޖެއެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅު، ކެނދިކުޅުދޫ ސްޓޭޑިއަމް ސަރަހައްދުގައެވެ.

މަގު މެދުގައި ހުރި ހޮޅިދަނޑީގައި ކާރު ޖެހުނީ ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް ކަމުގައި އެރަށުގެ ބައެއް މީހުން ބުނެފައި ވެއެވެ. އެހެން ނަމަވެސް މިއެކްސިޑެންޓްގައި ހޮޅިދަނޑި ވެއްޓި، ކާރުގެ ކުރީކޮޅު ހަލާކު ވުމުގެ އިތުރުން އެއްވެސް މީހަކަށް ގެއްލުމެއް އަދި އަނިޔާއެއް ލިބިފައި ނުވާކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކެނދިކުޅުދޫގެ އާއްމު ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެރަށުގައި ފުލުހުން އެކާރު ދުއްވަނީވެސް އާއްމުކޮށް ބާރަށެވެ.

މިޜޭގެ އެކްސިޑެންޓާއި ގުޅިގެން މިހާތަނަށް ފުލުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް