ރައީސް ޞާލިޙް މިރޭ އައްޑުއަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ޞާލިޙް މޭމަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިރޭ އައްޑުއަށް ވަޑައިގަންނަވާނެ ކަމުގައި އެމަނިކުފާނުގެ އޮފީހުން ހާމަކުރައްވައިފިއެވެ.
މިއީ އެއްމަސް ދުވަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. ހޮނިހިރު ދުވަހު ބާއްވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް، ޢަބްދުﷲ ޞާދިޤު (ސޯބެ)ގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމަށް ހުސްވި މޭމަހުވެސް ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގެންނެވިއެވެ.
އެމްޑީޕީން ވަނީ، ރައީސް ޞާލިޙަށް މަރުޙަބާ ދެންނެވުމަށްޓަކައި، މިރޭގެ 8:30އަށް ރައްޔިތުން ގަން އެއާޕޯޓަށް ދިޔުމަށް އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިލެކްޝަންގެ ވޯޓަށްފަހު، އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބުގެ ކެމްޕޭންތަކުގައިވެސް ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް ނަސީމް ކެމްޕޭން ޓީމުން ވަނީ، ސިޓީ ދަތުރުގެ ނަމުގައި ޖޫން 5 އިން 6އަށް ރާއްޖޭގެ ހުރިހާ ސިޓީތަކަށް ކެމްޕޭން ދަތުރުތައް ކުރުމަށް ރާވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް