ރާއްޖެ

ޒަރިޔަންދު ނެރުނީ ޤައުމީ ކެންޑިޑޭޓެއްގެ ގޮތުގައި - ރައީސް ޔާމީން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޒަރިޔަންދު ނެރުނީ ޤައުމީ ކެންޑިޑޭޓެއްގެ ގޮތުގައި - ރައީސް ޔާމީން

ރައީސް ޔާމީން ޒަރިޔަންދަށް މަރުހަބާ ވިދާޅުވުން -- ފޮޓޯ: ޕީއެންއެފް

ޕީއެންއެފްއިން މާލޭ ސިޓީގެ މޭޔަރުކަމަށް ނެރުނު ޒަރިޔަންދަކީ، ޤައުމީ ކެންޑިޑޭޓެއް ކަމުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންއެފްއިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީއެންއެފްއިން ކެންޑީޑޭޓެއްގެ ގޮތުގައި ނެރުނު އިސްމާއީލް ޒަރިޔަންދު ޕީއެންއެފާއި ގުޅިވަޑައިގަންނަވަން ކޮންމެހެން ނުޖެހޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވާން ނުޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން މޭޔަރަކު އައުމުން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތަކެއް ނުދެވޭ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މޭޔަރުކަމުގެ މަޤާމަށް ނެރެފައިވާ މީހުންގެ ތެރެއިން އެންމެ ރަނގަޅު ކެނޑިޑޭޓަކީ، ޒަރިޔަންދު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މާލޭ ސިޓީއަށް މޭޔަރަކު އިންތިޚާބު ކުރަން ޖެހޭނީ މާލޭގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ކަމަށެވެ.

"ޒަރިޔަންދު މިކަމާއި ހަވާލުވީމާ އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުމެން މިހާރު މިދައްކަނީ ޤައުމީ ކެންޑިޑޭޓެއް. ޕޮލިޓިކަލް ކެނޑިޑޭޓެއް ނޫން މިދައްކަނީ. ޕޮލިޓިކަލް ކެންޑިޑޭޓެއް އައީމާ، ވިތް ޓައިމް ޑިސް އެޕޮއިންޓްމެންޓް. އެކަން މުއިއްޒު އަޅުގަނޑުމެންނަށް ޑެމޮސްޓްރޭޓްކޮށްދެއްވައިފި." ރައީސް ޔާމީން ވިދާޅުވިއެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް