Post banner
ރާއްޖެ

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުން ފްލެޓްތަކަށް ބަދަލުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުން ފްލެޓްތަކަށް ބަދަލުވެއްޖެ

ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތައް --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހިޔާގެ 5 ވަނަޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުން ފްލެޓްތަކަށް ބަދަލުވެފައިވާ ކަމުގައި މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއިދާރާއިން ވިދާޅުވީ، ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހިޔާގެ 31 ޓަވަރެއްގައި ދިރިއުޅެމުން އައި 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ، އަދި އެހީތެރިކަން ދިނުމަށް ކަނޑައެޅިމުއްދަތު ހަމަވުމާއި މިއަދު އާއިލާތައް އަނބުރާ އެޕާޓްމަންޓްތަކަށް ބަދަލުވާނެ ކަމުގައިވެސް އެންޑިއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހިޔާގެ ފަސްވަނަ ޓަވަރުގެ ނަރުދަނާ ނިޒާމު މަރާމާތުކޮށް ނިމިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް