ސާވާގެ މައްސަލަޖެހިގެން ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާގެ އަދަދެއް އޮޑިޓަކަށް ނުހޯދުނު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން -- ފޮޓޯ: ސަން
އުވާލި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 2024 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ އަދަދު އޮޑިޓަށް ނުހޯދުނު ކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިހެން ވިދާޅުވެފައި ވަނީ، އެކޮމިޝަންގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ. އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް އެކޯޕަރޭޝަނަށް ނުލިބި ހުރި ފައިސާގެ އަދަދު 30 މިލިޔަނަށް ވުރެ މައްޗެވެ. އެހެން ނަމަވެސް އެފައިސާގެ ތެރެއިން 2024 ވަނަ އަހަރުގެ ނިޔަލަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް އަދި ނުލިބެނީ ކިހާ ފައިސާއެއް ކަމެއް އޮޑިޓް އޮފީހަކަށް ނުބެލުނެވެ. އޭގެ ސަބަބަކީ، އެކޮމިޝަންގެ ސާވާގައި މައްސަލަ ޖެހި، ސާވާގައި ހުރި ލިޔެކިޔުންތައް ނެގޭނެ ގޮތެއް ނެތިގެން، ފައިސާގެ ހިސާބުތައް ނިންމެން ނެތުމުންކަމުގައިވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެކޮމިޝަނަށް 2024 ވަނަ އަހަރު ލިބުނު ފައިސާގެ މައުލޫމާތު ހޯދާފައި ވަނީ، ފިނޭންސް މިނިސްޓްރީން ބަލަހައްޓާ ސެޕް ސިސްޓަމްގެ ތެރެއިން ކަމުގައިވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް 7.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްގައިވެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސާވާފައި މައްސަލަ ޖެހުނުއިރު، ފުލުހުންވެސް އެމައްސަލަ ތަޙްޤިޤު ކުރިއެވެ. ބްރޯޑްކޮމްގެ ސާވާގައި މައްސަލަ ޖެހުނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އެމައްސަލައިގައި، މުވައްޒަފަކު ގަސްތުގައި ސާވާއަށް ގެއްލުން ދިންކަމަށް ބުނެ ވަޒީފާއިންވެސް ވަކިކުރިއެވެ.
މިދިޔަ އަހަރު މިސަރުކާރުން ވަނީ، ބްރޯޑްކޮމް އުވާލައި، އަލުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް