އެކްސިޑެންޓް ވުމުން ފިލައިގެން ދިޔަ ދޯނި މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ހޯދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެކްސިޑެންޓްވި ލޯންޗު --
"ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، ފިލައިގެން ދިޔަ ދޯނި މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ފުލުހުން އެ ދޯނި ހޯދައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2026 ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުގައި ހިނގި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ދިޔަ ދޯނި ފެނިފައި ވަނީ، 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮއްވައި ކަމަށެވެ.
ފުލުހުން ވަނީ، ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަނާއި ސުވާލުކޮށް ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ ކެޕްޓަންގެ ލައިސަންސްވެސް ހިފަހައްޓާއި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް