މާލޭގެ އިމާރާތަކުން ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދެމީހުން ވެއްޓުނު އިމާރާތް —
މާލޭގެ އިމާރާތެއްގައި މަސައްކަތް ކުރަމުން ދިޔަ ދެމީހަކު ވެއްޓި އަނިޔަވެއްޖެއެވެ.
މިއަދު މެންދުރުފަހު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ މަޖީދީމަގު ޕޮއިސް ޝޯރޫމް ހުންނަ އިމާރާތުގައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅިުވީ، މަޖީދީމަގުގައި ހުންނަ، ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2026 ޖޫން 27 ވަނަ ދުވަހުގެ މެންދުރުފަހު 13:53 ގައި ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައި.ޖީ.އެމް. ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށާއި އަނިޔާވެފައި ވަނީ 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުން މިހާރު ދަނީ މިމައްސަލަ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް