ހަތަރު ބޭފުޅަކަށް ދައުލަތުގެ ޢިއްޒަތް އަރުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދައުލަތުގެ އިއްޒަތް މިއަހަރު އެރުވި 4 ބޭފުޅުން --
ދައުލަތުން ދެއްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)ގެ ޢިއްޒަތް ހަތަރު ބޭފުޅަކަށް މިއަދު އަރުވައިފިއެވެ.
މި ޢިއްޒަތް އެރުވި ހަތަރު ބޭފުޅުންނަކީ، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ، މއ. ކިނބި، ޑރ. މުޙައްމަދު ލަތީފާއި، ހ. މީރުބަހުރުއާގޭ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި، މއ. ޗަމްޕާ ވިލާ، ޗަމްޕާ ޙުސައިން އަފީފާއި، މއ. ޗަމްޕާމާގޭ މުޙައްމަދު މޫސާއަށެވެ.
މިހަތަރު ބޭފުޅުންނަށް، ދައުލަތުގެ ޢިއްޒަތް އަރުވާފައި ވަނީ، މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިބޭފުޅުންގެ ތެރެއިން މއ. ޗަމްޕާ ވިލާ، ޗަމްޕާ ޙުސައިން އަފީފާއި، މއ. ޗަމްޕާމާގޭ މުޙައްމަދު މޫސާއަކީ، ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ދެބޭފުޅުންނެވެ. އަދި މިދެބޭފުޅުންނަކީ، މީގެ ކުރިން، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ)ވެސް އަރުވާފައިވާ ދެބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް