classified
ރާއްޖެ

ފްލެޓާއި ގޯތި ދިނުމުގައި ނުފޫޒެއް ނުފޯރުވޭނެ: ރައީސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފްލެޓާއި ގޯތި ދިނުމުގައި ނުފޫޒެއް ނުފޯރުވޭނެ: ރައީސް

ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގިޔަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށެވެ. ފްލެޓާއި ގޯތި ދިނުމުގައި އެއްވެސް ފަރާތަކަށް ނުފޫޒު ބޭނުންކޮށް ނާޖާއިޒް މަންފާތަކެއް ހޯދިޔަ ނުދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޟަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، އެމަސައްކަތާއި ހަވާލުވެފައިވާ ފަރާތްތަކަށް ޢިތުބާރުކުރައްވާ ކަމަށެވެ.

މިސަރުކާރުން އިއުލާނުކޮށްފައިވާ ފްލެޓާއި ގޯތިތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ފޯމް އިވެލުއޭޝަން މަރުހަލާފަށާފައިވާއިރު، ދޫކުރުމަށް އިޢުލާނުކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް ހިނގަމުންދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. އަދި މިސަރުކާރުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ފެށި ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ދެއަހަރު ބައިވި އިރުވެސް ނިމިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް