ޒުވާން ހަތީބުން ތަމްރީން ކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވެ ސަނަދު ހާސިލްކުރި ހިރިލަންދޫ އަށް ނިސްބަތްވާ ދެ ދަރިވަރުންނަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ކިޔައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަސަދު އަހްމަދު އަބްދުލް ކަރީމް އާއި އަލީ ޝައިމް --
ރާއްޖެގެ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިސްލާމީ މިނިސްޓްރީން ކުރިއަށްގެންދާ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވެ ސަނަދު ހާސިލްކުރި ހިރިލަންދޫ އަށް ނިސްބަތްވާ ދެ ދަރިވަރުންނަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ކިޔައިފިއެވެ.
ޒުވާން ހަތީބުން ތަމްރީން ކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވެ ސަނަދު ހާސިލްކުރި ހިރިލަންދޫ އަށް ނިސްބަތްވާ ދެ ދަރިވަރުންނަކީ އަސަދު އަހްމަދު އަބްދުލް ކަރީމް އާއި އަލީ ޝައިމް އެވެ.
ސަނަދު ހާސިލްކުރި ދެ ދަރިވަރިންނަށް މަރުހަބާ ކިޔުމަށް އެ ރަށުގެ ގިނަ ރައްޔިތުން ވަނީ މިއަދު ހެނދުނު ބަނދަރު ސަރަހައްދަށް އެއްވެ، ދެ މަރުހަބާ ކިޔާފައެވެ.
މިދިޔަ މަހުގެ 13ވަނަ ދުވަހު ފެށި ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރުގައި ޖުމަލް 80 ހަތީބުން ތަމްރީނު ކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. ޒުވާން ހަތީބުންގެ މަހާސިންތާއެއް އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު ލިޔުނީ: ޢަލީ ފާއިމް - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް