ވިކުރާ

ވެބް އެޕްލިކޭޝަނެއް ތަޢާރަފްކޮށް އެމްޓީސީސީން ޓެކްސީ ޚިދުމަތަށް އަގު ނަގަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެބް އެޕްލިކޭޝަނެއް ތަޢާރަފްކޮށް އެމްޓީސީސީން ޓެކްސީ ޚިދުމަތަށް އަގު ނަގަން ފަށައިފި

އެމްޓީސީސީން ފަށާފައިވާ މާލޭ ޓެކްސީ ޚިދުމަތުގެ ވެބްސައިޓް ތަޢާރަފްކޮށް މިއަދުން ފެށިގެން އެ ޚިދުމަތަށް އަގު ނަގަން ފަށައިފިއެވެ.

އެމްޓީސީސީން އެކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ހާމަކޮށްފައިވާ ގޮތުގައި، މާލޭ ޓެކްސީ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެވެބްސައިޓް މެދުވެރިކޮށް ދަތުރު ބުކްކޮށް އަދި، ފައިސާ ދެއްކޭނެ ކަމަށެވެ. ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީއަށް ޚާއްޞަކޮށްފައިވާ ހޮޓްލައިނަށް ގުޅައިގެންވެސް ކުރިއެކޭ އެއްގޮތަށް ޓެކްސީ ބުކް ކުރެވޭނެ ކަމުގައި އެމްޓީސީސީން ހާމަކޮށްފައި ވެއެވެ.

މާލޭ ޓެކްސީގެ ޚިދުމަތް ދިނުމަށް އެޕްލިކޭޝަނެއް ހެދުމަށް 13 މިލިއަން ރުފިޔާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބަޔަކަށް ދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޓީސީސީގެ މާލެ ޓެކްސީގެ ޚިދުމަތް ފެށީ، އެ ޚިދުމަތް ފެށުމަށް ރަނގަޅަށް ތައްޔާރުވެސް ނުވެވެނީސްކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި އެ ޚިދުމަތާއި އެކުވެސް މާލެ ސަރަހައްދުގައި ޓެކްސީ ނުލިބުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބޭކަން އާއްމުން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް