Post banner
ރާއްޖެ

ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ބަންދު މަރުކަޒުގައި ތިބޭ ކުދިންތަކެއް އެރަށު މީހަކަށް އަނިޔާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ބަންދު މަރުކަޒުގައި ތިބޭ ކުދިންތަކެއް އެރަށު މީހަކަށް އަނިޔާކޮށްފި

ޒަޚަމްތަކާއި އެކު އޮއްވައި ފެނުނު މީހާ އެމްބިއުލާންސްއަށް އަރުވަނީ ---

ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގައި ތިބި ބޮޑެތި ކުދިންތަކެއް، ރަށުތެރެއަށް ނުކުމެ އެރަށުގެ މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކުދިން އަނިޔާކުރިކަމަށް ބުނާ މީހާ، ޒަޚަމްތަކާއި އެކު އޮއްވައި ފެނިފައި ވަނީ، ފަޅުގޯއްޗެއްގެ ތެރެއިންނެވެ. އޭނާ މިހާރު ވަނީ ހޯރަފުށީ ޞިއްޙީމަރުކަޒުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ.

އެމީހާއަށް އަނިޔާކުރީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގައި ތިބި ބޮޑެތި ކުދިންތަކެއްކަން އެނގިގެން އެކަމާ ނުރުހުން ފާޅުކޮށް، ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، އެ އިމާރާތްދޮށަށް އެއްވެ ނުރުހުންފާޅުކޮށްފައެވެ. އަދި އެތަނުގައި ތިބި ބައެއް ކުދިން ވަނީ އެރަށުގެ ރައްޔިތުންނާއި ކުރިމަތިލައި، ހަޑިހުތުރުބަހުން މުއާމަލާތްވެސްކޮށްފައެވެ.

ހޯރަފުށިން ވާހަކަ ދެއްކި މީހުން ބުނެފައި ވަނީ، އެތަނުގައި ތިބޭ ބޮޑެތި ކުދިން ހާފްވޭ ހައުސްއިން ނުކުމެ ތަފާތު އެކިކުށްތައް ކުރުމާއި، އާއްމުންނަށް އުނދަގޫ ކުރުމުގެ މައްސަލަތައްވެސް ފެންމަތިވަމުން އަންނަ ކަމަށެވެ.

ހޯރަފުށީގެ ރައްޔިތުން އެކަމާއި ހިތްހަމަ ނުޖެހުންފާޅުކުރަމުން އަންނައިރު، މިކަމާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް